ޖަޕާނު ސަރުކާރުގެ ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމަށް އިތުރުކުރި މުއްދަތު ހަމަވާން ހަތަރު ދުވަހަށް ވެއްޖެ
ސަން
26 ނޮވެމްބަރު 2025 | ބުދަ | 12:40
ޖަޕާނު ސަރުކާރުގެ ހިލޭއެހީގެ ދަށުން ދޭ، ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)އަށް ކުރިމަތިލުމަށް އިތުރުކުރި މުއްދަތު ހަމަވާން ހަތަރު ދުވަހަށް ވެއްޖެއެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 22ގައެވެ. މީގެ ކުރިން ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި އޮތީ މި މަހުގެ ތިން ވަނަ ދުވަހެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގައި ކަމަށް ޖޭޑީއެސްއިން މިއަދު ބުނެފައިވެއެވެ.