ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި މިނިސްޓަރު: ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ
ސަން
26 ނޮވެމްބަރު 2025 | ބުދަ | 11:50
ބޭހަށް ޚާއްސަ ކުންފުންޏެއް އުފެއްދިތާ ދެމަސްވިއިރު ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި، ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭހަށް ޚާއްސަކޮށްގެން އުދެއްދި ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ބޭރު ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށެވެ.
އެގޮތުން ރާއްޖޭގައި އަމިއްލައަށް ބޭސް އުފައްދައި، އެ މަސައްކަތަށް ޚާއްސަ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ބޭސް ލިބުމުގެ ދައްޗަށް އޮތް ހައްލަކީީ އެ މަގުން ކުރިއަށް ގޮސްގެންނެވެ.