ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ތަފާތުކުރާ ކަމަށް ބުނެ ގަރާރެއް
ސަން
26 ނޮވެމްބަރު 2025 | ބުދަ | 1:04
ކޯޓުތަކުން އިންސާފުވެރިކަން އިސްކޮށް އަދުލުވެރިކަމާ އެކު މައްސަލަތައް ނިންމުމުގެ ބަދަލުގައި އާންމުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ ގަރާރުގައިވާ ގޮތުން، ކޯޓުތަކުން އާންމުންގެ މެދުގައި ގަސްދުގައި ތަފާތުކޮށް، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލުކުރަމުންދާކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ.
ގަރާރުގައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ ހައްގުތައް އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށް ލިބިގެންވާކަން ބަޔާންކޮށް، އެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ.