ކަރަންޓު މައްސަލަ ހައްލުކުރަނިކޮށް ރޯވެ ސްޓެލްކޯ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް

ސަން

26 ނޮވެމްބަރު 2025 | ބުދަ | 2:22

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވެ ސްޓެލްކޯ މުވައްޒަފަކަށް ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު މެންދުރުފަހު 12:00 ހާއިރު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ، ހުޅުމާލެ ބާ އިންޖީނު ގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންވެ މާލެއާއި ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި ކަރަންޓު ކެނޑުނީ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް