މަޖިލީހުގެ ގޮނޑިތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ޚާއްސަކުރަން ހުށަހަޅައިފި

ސަން

26 ނޮވެމްބަރު 2025 | ބުދަ | 3:10

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ 30 ޕަސެންޓު 35 އަހަރުން ދަށުގެ މެންބަރުންނަށް ޚާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވީ ގާނޫނުއަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ.

އެއީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާއިރު މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމްލަ އަދަދުގެ 30 ޕަސެންޓު ދާއިރާއަކީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ޚާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅައި، މަޖިލީހުގައި ހިމެނޭ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރުމަށެވެ.

މައުޟޫޢުތަށް