ތިލަފުށީ އަލިފާނާ ގުޅިގެން ކަނޑާލި ވެމްކޯ މުވައްޒަފަށް ވަޒީފާ ދިނުން ހުއްޓުވައިފި

ސަން

26 ނޮވެމްބަރު 2025 | ބުދަ | 5:36

ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ އެޑްމިން ބިލްޑިން ކައިރީގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވަކިކުރި ވެމްކޯގެ މުވައްޒަފަށް އަލުން ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފިއެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެމްކޯގެ ކުނި މެނޭޖްމަންޓް ސައިޓްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ވެމްކޯގެ ސެންޓްރަލް އޮޕަރޭޝަން ތިލަފުށީގެ އެސިސްޓެންޓް މެނޭޖަރު ވަޒީފާއިން ވަކިކުރި މައްސަލައެވެ.

އެ މައްސަލައިގައި، އެ މީހާއަށް އަލުން ވަޒީފާދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އަންގައިފައެވެ. އެހެންވެ، ވެމްކޯއިން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައެވެ.

މައުޟޫޢުތަށް