ތާލިބާނުންނާ ބައްދަލުކުރުމުން ރާއްޖެ ގެނައި ޠާހާ އަހަރެއް ފަހުން އެނބުރި ޕާކިސްތާނަށް
ސަން
26 ނޮވެމްބަރު 2025 | ބުދަ | 4:28
އަހަރެއް ފަހުން، ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޠާހާ އެނބުރި ޕާކިސްތާނަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޠާހާ މިދިޔަ އަހަރުގެ ނޮވެންބަރު 11ގައި ރާއްޖެ ވަޑައިގަތީ ފޮރިން މިނިސްޓްރީގެ ބޭނުމަކަށް ކަމަށެވެ. އަދި، ވަޑައިގެންނެވި ބޭނުން ނިންމަވައި މި މަހުގެ 16ވަނަ ދުވަހު އެނބުރި ޕާކިސްތާނަށް ވަޑައިގެންފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ރާއްޖޭން ކަނޑައެޅި ސަފީރުގެ ގޮތުގައި ހުންނެވި ޠާހާ ޕާކިސްތާނަށް ކަނޑައަޅާ ސަފީރުކަމަށް ބަދަލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހެވެ.