ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000 ރުފިޔާ ނަގަން، ރަށު ރައްޔިތުންގެ ރުހުމާއެކު ނިންމައިފި
ސަން
26 ނޮވެމްބަރު 2025 | ބުދަ | 7:16
ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީއެއް ނަގަން، އެ ރަށުގެ ރައްޔިތުންގެ ރުހުމާއެކު ތިނަދޫ ސިޓީ ކައުންސިލުން އަލުން ނިންމައިފިއެވެ.
ތިނަދޫން އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީއެއް ނަގަން އެ ސިޓީން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހެވެ.
އެ ނިންމުން ނިންމި ސަބަބެއް ކަމަށް ތިނަދޫ ސިޓީ ކައުންސިލުން އޭރު ބުނީ، އެއީ އެ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.