މީހެއްގެ ބަންދު ކަނޑައެޅިއިރު ފާއިޒް ގާނޫނާ ޚިލާފުވެފައިވާ ކަމަށް ނިންމައި، ގާޒީކަމުން ވަކިކުރަން ހުށަހަޅަނީ

ސަން

26 ނޮވެމްބަރު 2025 | ބުދަ | 5:45

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ގާޒީ ފާއިޒް އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މި ކަމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1އާއި 2.1އާއި 3.1ގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށެވެ.

މައުޟޫޢުތަށް