ސްޓެލްކޯގެ ފިހުނު މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭއަށް، ހާދިސާ ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅަނީ
ސަން
26 ނޮވެމްބަރު 2025 | ބުދަ | 6:45
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއްގައި، ސްޓެލްކޯގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެ ފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެ ހާދިސާގައި އެ އެ މުވައްޒަފުގެ އެކި ތަންތަން ފިހިފައިވާއިރު، އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
އޭގެފަހުން، ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވަނީ، އެ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.