ނަޝީދުގެ އާދޭސް: ވިލިމާލޭ ނިކަ ގަހުގެ 100 އަހަރުވީ ތާރީޚެއް އޮވޭ، ކަނޑާ ނުލައްވާ!

ސަން

26 ނޮވެމްބަރު 2025 | ބުދަ | 6:51

މާލޭގެ ފަސްވަނަ އަވަށް, ވިލިމާލޭގައި ހުރި ބޮޑު ނިކަ ގަހެއް ނަގަން މި ސަރުކާރުން ނިންމައިފައިވަނިކޮށް، އެ ގަސް ނުކެނޑުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އާދޭހާއެކު އެދިވަޑައިގެންފިއެވެ.

ވިލިމާލޭގައި ބޮޑު ދެ ނިކަ ގަސް ހުރެއެވެ. އޭގެ ތެރެއިން އެއް ގަސް ހުންނަނީ ފުލުހުންގެ ސްޓޭޝަން ކައިރިއެވެ. އަނެއް ގަސް ހުންނަނީ އެ ރަށުގެ "ވޯޓާ ސްޕޯޓްސް ބީޗް" ސަރަހައްދުގައެވެ. އޭގެ ތެރެއިން އެ ވޯޓާ ސްޕޯޓްސް ބީޗާ ދިމާލުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން އެ ސަރަހައްދުގެ ގޭގެއަށް ދަތިވާކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.

ރައީސް ހޯމަ ދުވަހުގެ ރޭ، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޝުއޫރު ފާޅުކުރި މީހަކު ވަނީ އެ ރަށުގައި ހުރި ނިކަގަހުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާތީ އެ ކަމަށް ރައީސްގެ ޖަވާބެއް ބޭނުންވާ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް