ނަވާރަ އަހަރުގެ ޚިދުމަތަށް ފަހު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ރިޓަޔާ ކުރައްވައިފި

ސަން

26 ނޮވެމްބަރު 2025 | ބުދަ | 10:03

ނަވާރަ އަހަރުގެ ޚިދުމަތަށް ފަހު, ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހީމް މުޙައްމަދު ދީދީ މިއަދު ރިޔަޓާކުރައްވައިފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ޑެޕިއުޓީ ކޮމިޝަނާ ރިޓަޔާކުރެއްވީ އަމިއްލަ ސަބަބުތަކަށް ޓަކައި މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އެ މަގާމަށް އިބްރާހީމް މުޙައްމަދު ދީދީ އައްޔަނުކުރެއްވީ، ޖަނަވަރީ ދޭއް، 2019ގައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޙަސަން ޒިލާލް ޑިސެމްބަރު 25، 2018ގައި އިސްތިއުފާ ދެއްވާފައިވާތީއެވެ.

މައުޟޫޢުތަށް