އާޒިމާ، ޖަމީލަށް: މިހާތަނަށް ވެސް މައްސަލަ ކޯޓުގައި އޮތުމުން، ރައީސް ނުފޫޒު ނުފޯރުވާކަން ހާމަވޭ
ސަން
26 ނޮވެމްބަރު 2025 | ބުދަ | 9:56
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒުން ކަމަށް ތުހުމަތުވާ މޭރުމަކުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވާހަކަދެއްކެވުމުން، އާޒިމާ މިރޭ ރައްދު ދެއްވައިފިއެވެ.
ފެބްރުއަރީ 17، 2019 ގައި ދައުލަތުން އާޒިމާއާ ދެކޮޅަށް ކުރީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި މަނީ ލޯންޑާ ކުރުމުގެ ދައުވާގެ މައްސަލައާ ގުޅުވައިފައެވެ.
އެކަމަކު، އިއްޔެ ޕީޖީން ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައެވެ.