ރައީސްގެ މޭޔަރުކަމުގައި ދިން ބިންތަކެއްގެ މައްސަލައާއެކު، ''ނަހަމަ ކޮންޓްރެކްޓުތައް'' އުވާލަން ހުށަހަޅައިފި

ސަން

26 ނޮވެމްބަރު 2025 | ބުދަ | 11:50

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި އެޖެންޑާކޮށްދިނުމަށް މިއަދު ހުށަހަޅައިފިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމްއަށް އެޑްރެސްކުރައްވައި، ފޮނުއްވި ސިޓީއެއްގައި އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހުއާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ.

އެ ސިޓީގައި ވަނީ، ވަރަށް ފަހުން އެ ކައުންސިލުން އާންމުކުރި މާލޭގެ ބިންތަކުގެ ތަފްސީލުތައް ހުރި ލިސްޓުގައި ކުށް ހުރި ކަމަށާއި ފުރިހަމަނުވާ މައުލޫމާތު ހުރިކަމަށެވެ.

މައުޟޫޢުތަށް