މާލެ ފެނުއަޑީގައި އޮތްއިރު، ކުރިއަށް އޮތީ ވެސް ވިއްސާރަ

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 12:21

މިއަދު މާލެއަށް ވެހެމުން އަންނަ ވާރޭގައި ފެންބޮޑުވެފައިވާއިރު، އަދިވެސް ކުރިއަށް އޮތީ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ބުނެފިއެވެ.

އެ އިދާރާއިން ބުނީ، މާދަމާ ހެނދުނު 06:00ގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން، ބައެއް ގެތަކަށް ފެންވަދެފައިވެއެވެ. އެހެންވެ، އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

މައުޟޫޢުތަށް