ގައުމީ އެއާލައިނަށް ކެބިން ކްރޫއިން ހޯދަން ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 9:30

ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ކެބިން ކްރޫއިން ހޯދަން އަންނަ މަހު ވޯކްއިން އިންޓަވިއުއެއް ބާއްވަން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަންއިން ނިންމައިފިއެވެ.

ވޯކްއިން އިންޓަވިއުއަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއުތަކެކެވެ.

އެ އިންޓަވިއު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުގެ ހެނދުނު 09:30 އިން 14:30ގެ ނިޔަލަށް އެސްޓީއޯ ސެންޓަރުގެ ހަތަރު ފަންގިފިލާގައެވެ.

މައުޟޫޢުތަށް