އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށް، 77.9 މިލިމީޓަރުގެ ވާރޭ ވެހުނު
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 12:05
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މި ހަފުތާ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވެއެވެ.
މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އިއްޔެ މާލެއަށް 77.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ނަމަވެސް، މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލެއަށް އިއްޔެ ވެހިފައިވަނީ 29.1 މިލިމީޓަރުގެ ވާރެއެވެ.