ގޭންގް މާރާމާރީ: އަތުން ފެނުނު ކަޓަރު ގެންގުޅުނީ ނިޔަފަތި ކަނޑަށް ކަމަށް ބުނެފި

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:28

ޖަމާއަތް ހަދައިގެން, ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު, އޭނާ ކަޓަރު ތިލައެއް ގެންގުޅުނީ ނިޔަފަތި ކަނޑަން ކަމަށް ކޯޓުގައި ބުނެފިއެވެ.

ގްރޫޕު މާރާމާރީއެއް ހިންގަން އުޅޭ ކަމަށް, ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން, މި މަހުގެ 18 ވަނަ ދުވަހު މާލެއިން, ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެއްސަކާއި އުމުރުން 34 އަހަރުގެ ދިވެއްސެކެވެ.

އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި ހަތް ދުވަސް ހަމަވެގެން އިއްޔެ ވަނީ އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.

މައުޟޫޢުތަށް