ފުލުހުންގެ ސަސްޕެންޝަން: އިމްރާން ވިދާޅުވީ މުއައްސަސާތަކުން ރައީސަށް ކިޔަމަންވުން ހުއްޓާލަފާނެ ކަމަށް
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:40
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ލަފަޔަށް، މުއައްސަސާތަކުގެ ވެރިންނަށް ފިޔަވަޅު އަޅަމުންދާ ނަމަ އެ މުއައްސަސާތަކުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ކިޔަމަންވުން ހުއްޓާލަފާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ، ފުލުހުންގެ ހައުސިން ޕްރޮޖެކްޓް ކަމަށްވާ ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކުރަމުންނެވެ.
އެ ރިޕޯޓާއެކު، ފުލުހުންގެ އެކި މަގާމުތަކުގެ ބޭފުޅުންނަށް ތަފާތު ތުހުމަތުތައް ކޮށްފައިވެއެވެ.