ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރާ ހަމައަށް ޖަލަށްލެވޭ ގޮތް ހަދަނީ
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:41
ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅައި، ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ.
މި ހަފުތާގެ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ އިބުތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ. އެ ބިލުގައި އެއްގަމު ދަތުރުފަތުރާ ގުޅޭ މުހިންމު ކަންތައްތަކެއް ހުރިއިރު، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވާ މީހުންނަށް ހަރުކަށި އަދަބު ދޭން ވަނީ ހިމަނާފައެވެ.