ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތުހަމަ ވަނީ ފައިސަލް އެކަނި

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:55

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު މިހާރު އިސްލާހު ހުށަހަޅާފައި އޮތްގޮތުން އެ އިނާޔަތަށް ޝަރުތު ހަމަ ވަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ނައިބު ރައީސުންނަށް އިނާޔަތެއް ދިނުމުގެ އިތުރުން ރަސްމީ އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނި ކުރަން ޝާހިދުގެ އިސްލާހުގައި ހިމަނާފައިވެއެވެ.

://./214507

މައުޟޫޢުތަށް