ޓެކްސީތަކުން ބޮޑުކޮށް އަގު ނަގާނަމަ، ލައިސެންސް ބާތިލުކުރެވޭ ގޮތް ހަދަނީ
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 12:40
އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ޓެކްސީތަކުން މީހުންގެ އަތުން، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ނަގާނަމަ އެ މީހެއްގެ ލައިސެންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ލިބޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ.
މި ހަފުތާގެ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ އިބުތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ. އެ ބިލުގައި ވަނީ އާންމު ދަތުރުފަތުރުގެ ޚިދުމަތް ނުވަތަ ޓެކްސީ ކުރެވޭނެ ވަކި އަގުތަކެއް މިނިސްޓްރީއަށް ކަނޑައެޅޭނެކަން ބަޔާންކޮށްފައެވެ. އެ އަގުތަކާ ޚިލާފުވެއްޖެ ނަމަ، ލައިސެންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ވެސް ބިލުގައި މިނިސްޓްރީއަށް ދީފައިވެއެވެ.