ދެ މިލިއަން ފަތުރުވެރިން ހަމަކޮށްދިނީ، ހަނީމޫނަށް އައި އިނގިރޭސި އަންހެނެއް
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:03
މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މީގެ ކުރިން, އަހަރެއް ތެރޭ ދެ މިލިއަން ފަތުރުވެރިން ހަމަވީ، މިދިޔަ އަހަރު އެކަންޏެވެ.
މި އަަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.