ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރުމަށް އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:18
އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި އިމާރާތް ތަޅައިލުމުގެ މަސައްކަތް ލޯކަލް ގަވަނަންސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ތަޅާލަނީ، އެ ބިމުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް އަޅަން ވެގެންނެވެ. އެކަން އިއުލާނުކުރެއްވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.
އެގާރަ ހާސް އަކަފޫޓުގެ އެ ބިމުގައި ހުރި އެ އިމާރާތް ތަޅައިލަން ނިންމީ، އެ އިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ހާލަތެއްގައި ހުރިތަނެއް ނޫން ކަމަށް ވާތީއެވެ.