މަޖިލީހުގައި އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހުކުރުން، އެހެންވަނީ ސަރުކާރު ނުހިނގާތީ: ފިއްޓޭ

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:13

ރައްޔިތުންގެ މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހުކުރުން ކަމަށާއި އެހެން ކަންތައް ދިމާވަނީ ސަރުކާރު ނުހިނގާތީ ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.

މާލީ ޒިންމާގެ ޗާޓަރު ހަ މަސް ދުވަހުން އެކުލަވާލަން ޖެހޭ ގޮތަށް ފާސްކުރީ މި މަޖިލީހުންނެވެ. އެކަމަކު، އެ މުއްދަތު 24 މަސް ދުވަސް ނުވަތަ ދެ އަހަރު ދުވަހަށް އިތުރުކުރަން މިއަދު ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. އަދި، އޭގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ވެސް 24 މަސް ދުވަހުން ހަދާގޮތަށް ބަދަލުކުރަން ވަނީ ބިލުގައި ހިމަނާފައެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ފިއްޓޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މައުޟޫޢުތަށް