އަންހެން ގައިދީން ނަފްސާނީ ގޮތުން ބާރުވެރި ކުރުވަން ޕްރޮގްރާމްތަކެއް ފަށައިފި

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 3:16

ކ. މާފުށީ ޖަލުގައި ކުރިއަށްދާ ރިހެބިލިޓޭޝަން ޕްރޭމްވޯކްގެ ދެވަނަ ފޭސްގައި އަންހެން ގައިދީންގެ ދެ ބެޗަކަށް އަމާޒުކޮށް، ސައިކޮލޮޖީ ޕްރޮގްރާމުތަކެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، މިއީ، ގައިދީން އިސްލާހުކޮށް ތައުލީމީ ފުރުސަތު ހޯދައިދިނުމަށް ކުރިއަށް ގެންދާ ފްރޭމްވޯކެއް ކަމަށެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުތަކުގެ ދެ ބެޗުގައި ޖުމުލަ ބާރަ ގައިދީން ވަނީ ބައިވެރިވެފައެވެ.

މައުޟޫޢުތަށް