ދަނޑުވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރުމަށް 10 ސްކޮލާޝިޕެއް ދެނީ

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 3:10

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގެ 10 ސްކޮލާޝިޕަކަށް ކުރިމަތިލާން ފުރުސަތަށް ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހި ސަރުކާރާއި ވާލްޑް ބޭންކް ގުޅިގެން ހިންގާ، ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ސްޕޮންސާ ކުރުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕެއް ކަމަށެވެ.

އެ ސްކޮލާޝިޕް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު، މިހާރު ވަނީ ހުޅުވާލާފައެވެ.

މައުޟޫޢުތަށް