ކައުންސިލްގެ ހުއްދައާ ނުލާ މަޝްރޫއުތައް ހިންގޭ އިސްލާހަކާ އެކު، ކައުންސިލަރުން މަދުކުރަން ފާސްކޮށްފި

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:11

ކުދި އާބާދީތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް، ކައުންސިލްގެ ހުއްދައާ ނުލާ ވެސް ސަރުކާރުތަކުން ބޭނުންވެއްޖެ މަޝްރޫއެއް ހިންގޭނެ ގޮތަށް އިސްލާހެއް ގެނައުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުން ވަނީ ކުދި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ނިންމާފައެވެ. އެއީ، ޚަރަދުކުޑަކުރަން އަޅާ ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އެ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކުގެ އިތުރުން، މަޖިލީހުގެ ތަޅުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

މައުޟޫޢުތަށް