ޔާމީންގެ ސަރުކާރުގައި ކޯޑިނޭޓަރުކަން ކުރެއްވި ޝަމްއޫނު، ޔޫތު މިނިސްޓްރީގެ ނައިބަކަށް
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:48
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދެ މިނިސްޓްރީއެއްގެ ކޯޑިނޭޓަރުކަން ކުރެއްވި އަހުމަދު ޝަމްއޫން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި މިހާރު ވެސް ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާކަން، ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުން އެނގެން އޮތްއިރު، ޝަމްއޫން އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. އެއީ 35،000 ރުފިޔާގެ މުސާރައެއް ލިބޭ މަގާމެކެވެ.
ގާނޫނީ ވަކީލެއް ކަމަށްވާ ޝަމްއޫން ވަނީ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރުކަން 2014އިން 2015އަށް އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ކޯޑިނޭޓަރުކަން 2015އިން 2018އަށް ކުރައްވާފައެވެ.