ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބަށް ހޭލުންތެރިކުރުމަށް ބައެއް އަތޮޅުތަކުގައި ޕްރޮގްރާމެއް ހިންގަނީ
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 6:55
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމުތަކެއް ހިންގަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ، މި ޕްރޮގްރާމުތައް މާދަމާއިން ފެށިގެން އަންނަ މަހު ދެވަނަ ދުވަހުގެ ނިޔަލަށް 12 އަތޮޅެއްގެ 36 ރަށުގައި ކުރިއަށްދާނެ ކަމަށެވެ. އެއީ، ހއ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ޅ.އަތޮޅާއި އދ. އަތޮޅާއި ފ. އަތޮޅާއި ތ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރަށް، އައްޑޫއާއި ފުވައްމުލައް ސިޓީގައެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ، އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމާއި ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބަށް ހޭލުންތެރި ކުރުމާއި ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމަށް ރައްޔިތުންނަށް މައުލޫތު ދިނުން ކަމަށް އީސީން ބުނެއެވެ.