ރައުދަށް ހުކުމް ކުރިއިރު, ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 4:21

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދާއެކު އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް އިއްޔެ ހުކުމް ކުރިއިރު އަދިވެސް ޔުމްނުގެ ބަޔާން ނުދޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ރައުދު އިތުރު ހުކުމެއް ތަންފީޒު ކުރަން ނުޖެހޭ ގޮތަށް އިއްޔެ ކްރިމިނަލް ކޯޓުން މައްސަލަ ނިމުނީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވުމުން އޭނާގެ އަދަބު ލުއިކޮށްދިނުމުންނެވެ.

ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

މައުޟޫޢުތަށް