މޫޑީސްގެ 'ޖަންކް' ރޭޓިން ބަދަލެއްނުކުރި، އެކަމަކު 'ސްޓޭބަލް އައުޓްލުކް'އިން އުއްމީދެއް
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 4:12
ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން، ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަމަށް ބަލައި ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ދެމެހެއްޓި ނަމަވެސް، ކުރީގައި ދީފައި އޮތް 'ނެގެޓިވް އައުޓްލުކް' މިހާރު 'ސްޓޭބަލް'އަށް ބަދަލުކޮށްފިއެވެ.
މި ސަރުކާރުގައި މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ދަރަނ ބޮޑުވުމުގެ ނުރައްކާ ފާހަގަކޮށް، ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށްކޮށްފައެވެ. އެއަށްފަހު މިދިޔަ ޑިސެންބަރު މަހާއި މިދިޔަ މެއި މަހު ވެސް ސީއޭއޭ2ގައި އެ ރޭޓިން ދެމެހެއްޓިއެވެ.
މިއަދު މޫޑީސްއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ރޭޓިން އަނެއްކާވެސް ސީއޭއޭ2ގައި ދެމެހެއްޓިކަން އިއުލާންކޮށްފައެވެ. ނަމަވެސް، ކްރެޓިޑް ރޭޓިން ބަދަލުވުމުގެ ފުރުސަތު ނުވަތަ 'އައުޓްލުކް' މިހާރު ވަނީ މަތިކޮށްފައެވެ.