ފާހިޝް އަމަލުތައް އެންމެ ބޮޑަށް ފަތުރަނީ ސޯޝަލްމީޑިއާގައި، އެކަން ކުރުން ހުއްޓާލަން ޖެހޭ: ޚުތުބާ

ސަން

28 ނޮވެމްބަރު 2025 | ހުކުރު | 1:22

ފާޙިޝް އަމަލުތައް މިހާރު އެންމެ ބޮޑަށް ފަތުރަނީ ސޯޝަލް މީޑިއާގައި ކަމަށް ބުނެ، އެ ފަދަ އަމަލުތައް ފެތުރުން ހުއްޓުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ހުކުރު ޚުތުބާ ދީފައިވަނީ، ފާޙިޝް އަމަލުތަކާ ދުރުހެލިވުމުގެ މައްޗަށެވެ.

ޚުތުބާގައި ވަނީ ފާޙިޝް ކަންތައްތަކާ ދުރުވުމަށް ﷲ މުސްލިމުންގެ މައްޗަށް އަމުރުކޮށްފައިވާކަން ހަނދާންކޮށްދީފައެވެ. އެ ފަދަ އަމަލުތައް ފެތުރުމާއި އެ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހާ ކަމެއް އިސްލާމްދީނުގައި ހަރާމްކޮށްފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ.

މައުޟޫޢުތަށް