މޫޑީސްގެ ރޭޓިން އާ ގުޅިގެން ޒަމީރު: ސަރުކާރުގެ މަސައްކަތުން ރާއްޖޭގެ އިގްތިޞާދަށް ކުރާ އިތުބާރު އިތުރުވެއްޖެ

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 7:16

ސަރުކާރުގެ މިސްރާބު ހުރީ މާލީ ގައުމުގެ މާލީ ހާލަތު ހަރުދަނާކޮށް ދިގު މުއްދަތުގެ ކުރިއެރުމަށް އިސްކަން ދިނުމަށް ކަމަށާއި، ސަރުކާރުގެ މަސައްކަތުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ އިގްތިޞާދަށް ކުރާ އިތުބާރު އިތުރުވެއްޖެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަމަށް ބަލައި ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ވަނީ ދަމަހައްޓައިފައެވެ. ނަމަވެސް ކުރިން އެ އޭޖެންސީން ރާއްޖެއަށް ދީފައިވާ 'ނެގެޓިވް އައުޓްލުކް' 'ސްޓޭބަލް'އަށް ވަނީ ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން 'އެކްސް'ގައި ޒަމީރު ލިޔުއްވި ޕޯސްޓުގައި ވަނީ، މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެ ރާއްޖެއަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ވަރުގަދަވެ، ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ ސިޔާސަތު އެއްވާނެއްގައި ދެމެހެއްޓިފައިވާ ކަމަށެވެ.

މައުޟޫޢުތަށް