ގާނޫނާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ އަންނަ ހަފުތާއިން ފެށިގެން އަވަސްވާނެ، ނަތީޖާ ފެންނާނެ: ސައީދު
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 9:13
ގާނޫނާއި ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަންނަ ހަފުތާއިން ފެށިގެން މަސައްކަތް ހަލުވިވެ، އޭގެ ނަތީޖާ ފެންނާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ގާނޫނާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދި، މިރޭ ވަނީ އިއުލާނެއް ނެރެފައެވެ.
އެ އިއުލާނު 'އެކްސް'ގައި ހިއްސާކުރައްވައި ސައީދު ލިޔުއްވިގޮތުގައި، ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޚާއްސަ މަސައްކަތެއް ކުރުމަށް ވަނީ ރޭވައިފައެވެ.