ވިޔަފާރިވެރިންނަށް ސިޔާމް: ކާމިޔާބު ވާނީ އަނެކާއަށް ވެސް މަންފާވާހެން ވިޔަފާރި ހިންގައިގެން

ސަން

27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:13

ކާމިޔާބުވާނީ އަމިއްލަ މަންފާއަށްވުރެ ބޮޑަށް އަނެކާއަށް ވެސް މަންފާވާހެން ވިޔަފާރިކުރާނަމަ ކަމަށް ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން، ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަށް ބައިވެރިވެވޭހެން 'ސަން ޓްރެވަލްސް' ރީބްރޭންޑުކުރުމަށް އޮޅުވެލީގައި މިރޭ އޮތް ޚާއްސަ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ މިއަދު އެމަނިކުފާނުގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެމަނިކުފާނު އުޅެބޮޑުވި މާހައުލުން ދަސްވި އަޚުލާގު ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ބައްޕާފުޅަކީ އާދައިގެ ކަތީބެއް ކަމަށާއި، އެމަނިކުފާނުގެ މަންމާފުޅާއެކު ވަރަށް ސާދާ ލޯބި ދިރިއުޅުމެއް އޭރު އުޅުނު މަންޒަރު ދުށް ކަމަށް ވިދާޅުވިއެވެ. ބޮޑުފުޅުވަމުން އައިއިރު ދެކެވަޑައިގެންނެވި މަންޒަރަކީ ރަށަށް އަންނަ މެހެމާނުންނަށް ދިން ފުރިހަމަ މެހެމާންދާރީއާއި، އޯގާތެރިވުމާއި، ލޯތްބާއި އަޅާލުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

މައުޟޫޢުތަށް