ރައީސްކަމުން ވަކިވިތާ 7 އަހަރުވީއިރު ރަސްމީ އޮފީހާއި ބޭހަށް ދައުލަތުގެ ބަޖެޓުން އެންމެ ލޯ ލާރިއެއް ވެސް ނުނަގަން: ޔާމީން
ސަން
27 ނޮވެމްބަރު 2025 | ބުރާސްފަތި | 11:30
ރައީސްކަމުން ވަކިވިތާ ހަތް އަހަރުވީއިރު ކުރީގެ ރައީސުންނަށް ދޭ ބޭސްފަރުވާއާއި އޮފީސް ހިންގުމުގެ އެއްވެސް އިނާޔަތެއް ނަންގަވާފައި ނޯންނާނެކަމަށް، ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުالله ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން މިހެން ވިދާޅުވީ، ބައެއް ރައީސުން ވެރިކަން ކުރެއްވިއިރު ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނަންގަވައި ބޮޑެތި ގެތަށް އަޅުއްވާފައިވާ ކަމަށް ވިދާޅުވެ، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނުސީދާ ގޮތެއްގައި ޔާމީނަށް ދެއްވި ބަހުގެ ހަމަލާއަށް ރައްދު ދެއްވަމުންނެވެ.
ޔާމީން ވިދާޅުވީ ބޭސް ފަރުވާ ހޯއްދެވުމަށްފަހު ޚުދު އެމަނިކުފާނު، އަދި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް އާސަންދައަށް ބިލު ފޮނުވާފައި ނޯންނާނެ ކަމަށެވެ.