ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާގެހި ކެނޑުން ހުއްދަ، ޘަވާބުވެސް ލިބޭނެ: ޝަހީމް
ސަން
28 ނޮވެމްބަރު 2025 | ހުކުރު | 11:08
މީހުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާގެއްސާއި އެ ގަސްގަހާގެހީގައި ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ހުއްދަކަމެއް ކަމަށާއި، އެއީ ޘަވާބުވެސް ލިބޭ ކަމެއް ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ވިލިމާލެ އާއި މައްޗަންގޯޅީގައި ހުރި ނިކަ ގަސްތަކެއް ކަނޑަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވުމުން, ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
'ފޭސްބުކް'ގައި ޝަހީމް ލިޔުއްވިގޮތުގައި އިސްލާމީ އާންމު އުސޫލުން ބަލާއިރު، މުޖުތަމައަށް ފައިދާވާގޮތަށް ހުންނަ ގަސްގަހާގެހި ކެނޑުމަކީ ހުއްދަ ކަމެއްނޫންނެވެ. ޝަހީމްގެ ޕޯސްޓުގައިވަނީ މީހުންނަށް ހިޔާ ނުވަތަ މޭވާއާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އިސްލާމްދީން ބާރު އަޅާ ކަމަށެވެ.