ޚަރަދު ކުޑަކުރާ ވާހަކައަކީ އަޅުވާ އަނދުނެއް، އެ ކަމެއް ނުކުރާނެ: ޔާމީން

ސަން

28 ނޮވެމްބަރު 2025 | ހުކުރު | 1:34

ޚަރަދު ކުޑަކުރާ ވާހަކައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކައެއް ކަމަށާއި، އެ މަސައްކަތެއް މި ސަރުކާރުން ނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ އަމިއްލަ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި މަލާމާތުގެ ރާގަކަށް ޔާމީން ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ރަށްރަށުގައި ތިން ކައުންސިލަރުން، ނުވަތަ ކަތީބުން ބެހެއްޓޭނެ ކަމަށެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޮޑު ޚަރަދުގައި ރަށްރަށުން މީހުން ގެނައުމަށް ފަހު ވެރިކަންކުރާ ޕީއެންސީން މި މަހުގެ 14ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާއަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެ ޖަލްސާއަށް އެކަނި ވެސް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ.

މައުޟޫޢުތަށް