ހައްޖު ކޯޕަރޭޝަނުން 21 މިލިއަނަށް ހުޅުމާލޭން ބިމެއް ގަނެފި
ސަން
28 ނޮވެމްބަރު 2025 | ހުކުރު | 11:35
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 21 މިލިއަން ރުފިޔާއަށް ހުޅުމާލޭން 5,700 އަކަފޫޓުގެ ބިމެއް ގަނެފިއެވެ.
އެޗްޑީސީއަށް 21،510،876.80 ރުފިޔާ ދައްކައިގެން ހުޅުމާލޭން ފުރަތަމަ ފިޔަވަހިން ހައްޖު ކޯޕަރޭޝަނުން މި ބިން ގަނެ، މިހާރު ވަނީ ޝަރީއަތް މެދުވެރިކޮށް ބިމުގެ މިލްކުވެރިކަން ވެސް ހޯދާފައެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު މި މައްސަލަ ނިންމީ އެ ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދާއެވެ.