ރައީސާ ކުރައްވާ ސުވާލު ކުރިން ހުށަހަޅާކަށް ނުޖެހޭނެ: ހީނާ
ސަން
28 ނޮވެމްބަރު 2025 | ހުކުރު | 11:44
ރައީސް ޑރ. މުޙައްމަދު މުއިއްޒު, މިހާރު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި އެ މަނިކުފާނާ ކުރައްވަން ބޭނުންވާ ސުވާލުތައް ކުރިއާލާ ހުށަހަޅަން ޖެހޭ ކަމަށް ބުނެ ދައްކަމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މި ފަހުން ރައީސް ވިލިމާލެއާއި މަންޗަންގޯޅީ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުންތަކުގައި އާއްމުން ބޭނުން ސުވާލެއް, އަދި ޚިޔާލެއް ރައީސަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.
އެ ބައްދަލުވުންތަކުގައި އާއްމުންގެ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވުން ވަރަށް ގިނައެވެ.