ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ހުއްޓުވަން އޮސްޓްރޭލިއާގެ އެހީ ހޯދަނީ

ސަން

28 ނޮވެމްބަރު 2025 | ހުކުރު | 12:52

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކު, ރާއްޖެއަށް ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން އިތުރުވެފައިވާއިރު, އެކަން ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް ދިވެހި ފުލުހުންނާއި އޮސްޓްރޭލިއާ ފުލުހުންނާ ދެމެދު މަޝްވަރާކޮށްފިއެވެ.

ރާއްޖޭގައި ވޭޕް މަނާކޮށް, ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކު, ވަގަށް ސިނގިރޭޓް އެތެރެ ކުރުން ވަނީ ވަރަށް އާއްމުވެފައެވެ. އޭގެ ސަބަބުން ސިނގިރޭޓް ޑިއުޓީގެ ގޮތުގައި ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ވެސް ވަނީ މަދުވެފައެވެ.

ވަގަށް ސިނގިރޭޓް އެތެރެކުރާކަމުގެ ތުހުމަތު ރާއްޖޭގެ ވަރަށް ބޮޑެތި, އަމިއްލަ ކުންފުނިތަކަށް ވެސް ކުރެވެއެވެ. އަދި، ވަގަށް އެތެރެ ކުރި ސިނގިރޭޓް ދެ ކޮންޓެއިނާއެއް ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގިކަމުގެ ތުހުމަތުގައި, ވަރަށް މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ, އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މައުޟޫޢުތަށް