ވިއްސާރައިގައި ދިވެއްސަކަށް ގެއްލުމެއް ވެގެން ރިޕޯޓެއް ނުލިބޭ, އެހީތެރިވާން ތައްޔާރު: ލަންކާ ސަފީރު
ސަން
28 ނޮވެމްބަރު 2025 | ހުކުރު | 1:46
އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ބޯ ވިއްސާރައިގައި ފެންބޮޑުވެ, 46 މީހުން މަރުވެފައިވާއިރު, މިހާތަނަށް ދިވެއްސަކަށް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައިނުވާ ކަމަށް, އެ ގައުމުގައި ހުންނަ ދިވެހި ސަފީރު މަސްއޫދު އިމާދު މިއަދު ވިދާޅުވެއްޖެއެވެ.
"ދީތްވާ"ގެ ނަމުން ނަން ދީފައިވާ އެ ތޫފާން މިހާރު އަންނަނީ އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުންނެވެ. އެހެންވެ، މިއަދު ލަންކާގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރާ ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)އިން ބުނެއެވެ.
://../214558