ލަންކާއަށް އެރި ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށް، މޫސުން ރީތިވާނީ އަންގާރާގެ ފަހުން: މެޓް
ސަން
28 ނޮވެމްބަރު 2025 | ހުކުރު | 3:18
ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށް ކަމަށް ބުނެ، މޫސުން ރީތިވާނީ އަންނަ އަންގާރަ ދުވަހުގެ ފަހުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
މެޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، "ދީތްވާ"ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އެހެންވެ، މިއަދު ލަންކާގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރާ ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)އިން ބުނެއެވެ.