ލަންކާ ވިއްސާރަ: އުރީދޫން ލަންކާއަށް މިހާރު ހިލޭ ގުޅޭނެ

ސަން

28 ނޮވެމްބަރު 2025 | ހުކުރު | 3:39

އަވައްޓެރި، ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އާއިލާއާ ރައްޓެހިންގެ ހާލު ބަލަން ހިލޭ ގުޅޭނެ ގޮތް އުރީދޫއިން ހަދައިދީފިއެވެ.

އުރީދޫއިން ބުނީ، އެ ވިއްސާރައާ ގުޅިގެން 24 ގަޑިއިރު ހިލޭ ލަންކާއަށް ގުޅައި، އާއިލާއާ ރައްޓެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.

އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު ހިލޭ ލަންކާއަށް ގުޅޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

މައުޟޫޢުތަށް