ބަންގްލަދޭޝް ކުށްވެރިންގެ ކަންކަމުގައި އެ ގައުމުގެ އެހީ ހޯދަނީ

ސަން

28 ނޮވެމްބަރު 2025 | ހުކުރު | 4:14

ރާއްޖޭގެ ކުށުގެ މާހައުލުގައި އުޅޭ ބަންގްލަދޭޝް ބިދޭސީންގެ ކަންކަމުގައި އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ފުލުހުން މަޝްވަރާކޮށްފިއެވެ.

އިއްޔެ ފުލުހުން ބުނީ، މޮރޮކޯ މަރަކޭޝްގައި މިހާރު ކުރިއައްދާ 93 ވަނަ އިންޓަޕޯލް ޖެނެރަލް އެސެމްބްލީގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބަންގްލަދޭޝް ޕޮލިސްގެ އިސްވެރިޔާ އިންސްޕެކްޓާ ޖެނެރަލް ބަހާރުލް އަލަމްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާއި އެކަން ހައްލުކުރުމަށް މައުލޫމާތު ދިނުމާ ގުޅުވައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް