ދިރާގު ކަސްޓަމަރުންނަށް ވެސް ލަންކާއަށް ހިލޭ ގުޅޭގޮތް ހަދައިފި

ސަން

28 ނޮވެމްބަރު 2025 | ހުކުރު | 6:24

މިހާރު ސްރީލަންކާއަށް މޫސުން ގޯސްވެ ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން، ލަންކާގައި އުޅޭ މީހުންނަށް ފަސޭހައިން ގުޅޭނެ މަގުފަހިކުރުމަށް ދިރާގުން ވެސް ސްރީލަންކާއަށް ހިލޭ ގުޅޭގޮތް ހަދައިފިއެވެ.

ދިރާގުން ބުނީ މި އޮފާގެ މަޤްސަދަކީ އެ ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ހާލަތުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އެމީހުންގެ އާއިލާ އަދި ރައްޓެހިންނާ ގުޅަން އެހީވުން ކަމަށެވެ.

ކުންފުނިން ހާމަކުރި ގޮތުގައި، ކަސްޓަމަރުންނަށް މިހާރު *225# އަށް ގުޅައިގެން ސްރީލަންކާއަށް 30 މިނެޓުގެ ހިލޭ ގުޅުން އެކްޓިވޭޓް ކުރެވޭނެއެވެ.

މައުޟޫޢުތަށް