ލަންކާ ވިއްސާރަ: ނުވަރަލިޔާއިން ޚަބަރު ނުވެގެން ހޯދި ދިވެހި އާއިލާ ތިބީ ސަލާމަތުން

ސަން

28 ނޮވެމްބަރު 2025 | ހުކުރު | 11:41

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި 56 މީހުން މިހާތަނަށް މަރުވެ, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, އެ ގައުމުގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން ހޯދަނިކޮށް، އެ މީހުން ތިބީ ސަލާމަތުންކަން ކަށަވަރުވެއްޖެއެވެ.

ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށް އެމްބަސީން ބުންޏެވެ.

މައުޟޫޢުތަށް