މޫޑީސްއިން ގެނައި ބަދަލަކީ ވިޔަފާރިތަކަށް ލިބުނު ހިތްހަމަޖެހުމެއް، ފެންނަނީ އުއްމީދީ ދުވަސްތަކެއް: ސައީދު
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 11:34
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކުރިއަށް ލަފާ ކުރާ ގޮތް ނުވަތަ 'އައުޓްލުކް'އަށް ގެނައި ބަދަލަކީ، ވިޔަފާރިތަކަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި ފެންނަނީ އުއްމީދީ ދުވަސްތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން، ކުރީގައި ދީފައި އޮތް 'ނެގެޓިވް އައުޓްލުކް' މިހާރު ވަނީ 'ސްޓޭބަލް'އަށް ބަދަލުކޮށްފައެވެ. ނަމަވެސް ކްރެޑިޓް ރޭޓިން ވަނީ 'ޖަންކް' ރޭޓިންއެއް ކަމަށްވާ 'ސީއޭއޭ2'ގައި ދަމަހައްޓައިފައެވެ.
://./214535