ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާ؛ އެކަކުގެ ކޮނޑުހުޅު ނެއްޓިފައި
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 11:57
ސިނަމާލެ ބުރިޖުގެ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި، ދިވެއްސަކާއި ބިދޭސީއަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓު ހިނގީ މާލެއިން ހުޅުމާލެއަށް ދާ ހައިވޭގެ ލޭން ހަތަރެއް ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހުމުން ކަމަށެވެ. އެ މުއައްސަސާއަށް މި އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:00 އެހާކަށްހާއިރުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 28 އަހަރުގެ ދިވެެހި ފިރިހެނަކަށާއި ސައިކަލުގެ ފަހަތުގައި އިން 22 އަހަރުގެ އިންޑިއާ އަންހެނަކަށް ކަމަށެވެ.